Advertisement
Guest User

Untitled

a guest
Feb 20th, 2020
142
0
Never
Not a member of Pastebin yet? Sign Up, it unlocks many cool features!
text 3.68 KB | None | 0 0
  1. އާއްމު ރައްޔިތުންގެ ޕާޓީ އިން ހުރިހާ ރައްޔިތުންނަށް އިނާޔަތް ދޭން ވައުދު ވެއްޖެ.
  2.  
  3. އަލަށް އުފައްދަން ހުއްދަ ލިބުނު އާއްމު ރައްޔުތުންގެ ޕާޓީ އިން މިރޭ ޝީ ބިލްޑިންގް ގައި ބޭއްވި އެޕާޓީގެ ފުރަތަމަ ޕްރެސް ބްރީފިންގް ގަ ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިސް ވެރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިނާޔަތް ދޭން ވިސްނަވާ ކަމަށް ހާމަ ކުރައްވައިފިއެވެ. ޕާޓީގެ މައިގަނޑު އަސާސް ތައް ހާމަ ކުރައްވަމުން އެޕާޓީ އިން ވިދާޅުވީ ހުރިހާ ރައްޔިތުންނަށް އިނާޔަތް ލިބުމަކީ މިއަދު ރާއްޖެ އޮތް ހާލަތުން ރައްޔިތުން ބާރުވެރިކުރުވަން ބޭނުންވާ އެންމެ މުހިއްމު ބަދަލެވެ. ރައްޔިތުން އިސްލާހީ ބަދަލުތައް ގެންނަން ބޭނުންވިޔަސް އެފުރުސަތު ނުލިބެނީ ގިނަ ރައްޔިތުންތަކެއް ވަޒީފާ ނެތިފަ ތިބުމާއި ވަކި ސިޔާސީ ފިކުރަކަށް ބަރޯސާވާން މަޖުބޫރުވާފަދަ ހާލަތްތައް އޮތުމުން ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށް ޕާޓީގެ ތަރުޖަމާނު އަހުސަން ބަޝީރު ވިދާޅު ވިއެވެ.
  4. އާއްމު ރައްޔިތުންގެ ޕާޓީގެ އެތެރޭގެ ހިންގުން ޑިޖިޓަލައިޒް ކުރެވިފައި ވާކަމަށާ ޕާޓީގެ މެމްބަރުން އެ ޕާޓީ އިން ސިޔާސީ ގޮތުން ނިންމާ ނިންމުންތަކުގައި ޑިޖިޓަލް އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ބައިވެރި ވެވޭ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް އޭއާރުޕީ އިން ހާމަ ކުރިއެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ސިޔާސީ ޕާޓީ އަކުން އެ ޕާޓީއެއްގެ މެމްބަރުންނަށް ކަންކަމުގައި ބައިވެރިވެވޭނެ ގޮތް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. އަދި އޭއާރުޕީ އިން ދެކޭ ޑިޖިޓަލް ދައުލަތުގެ އުސޫލު އެ ޕާޓީ އަށް ވެރިކަން ލިބިއްޖެނަމަ ދިވެހި ރާއްޖޭގައި ގާއިމް ކުރަން އެ ޕާޓީ އިން ވިސްނާ ކަމަށް ޕާޓީ ގެ މުސްތަޝާރު އަހުމަދު އަނީސް ވިދާޅުވިއެވެ. މިނިޒާމް ބައްޓަން ކުރާނީ ދުނިޔޭގެ މިރޮނގުން އެންމެ ކުރިހޯދައިފައިވާ އިސްޓޯނިއާ ފަދަ ގައުމުތަކުގައި ވެސް ގެންގުޅޭ އީ ގަވަރުމެންޓް ނިޒާމް ފަދަ ނިޒާމެކެވެ.
  5. ނޫސް ވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެޕާޓީ އިން ހާމަ ކުރީ ހުރިހާ ރައްޔިތުންނަށް އިނާޔަތް ދެވޭ ވަރަށް ރާއްޖޭގެ އިގްތިސޯދުގައި ޖާގަ އެބަހުރިކަމަށާ އެފަދަ ޕޮލިސީ ތައް ތަންފީޒު ކުރާނެ ގޮތްތައް ޕާޓީ އިން ފަރުމާ ކޮށްފައި އެބަހުރިކަމަށެވެ. ހުރިހާ ރައްޔިތުންނަށް އިނާޔަތް ދޭ އުސޫލަށް އެ ޕާޓީ އިން ކިޔަނީ "ބައިތުލް މާލު ހިއްސާ" މިހެންނެވެ، އަދި އެ ޕާޓީގެ އުފައްދާ ޓީމުގައި ފަންނީ ގާބިލު ބޭފުޅުންތަކެއް އެކުލެވޭ ކަަމަށް އެ ޕާޓީ އިން ހާމަ ކުރެއެވެ.
Advertisement
Add Comment
Please, Sign In to add comment
Advertisement